ބޮޑެތި ވިޔަފާރިތަކަށް 486 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް އައިއިރު 335 ވިޔަފާރިއަކަށް 486 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 6.5 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 552 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފައެވެ. މިހާތަނަށް 368 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން 15 އެޕްލިކޭޝަނެއް ރިޖެކްޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!