އިތުބާރު ގެއްލޭ ކަމެއް ކޮށްފައެއް ނޯންނާނެ: ފައްޔާޒު

އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ފެއްޓެވިޔަސް، އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް މި ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.

މިކަމާ ގުޅިގެން ފައްޔާޒު “މިހާރު” އަށް ވިދާޅުވީ، އޭނާ މިހާތަނަށް ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައި ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ކަމަށެވެ.

“އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ، އަޅުގަނޑު ވެސް މިހާރު މި ހުރީ [އިތުބާރު ނެތްކަމަށް ފާސްކުރަން ސޮއި ހޯދާތީ] ވެގެން އުޅޭ ގޮތެއް ނޭނގިފައި. އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ވެސް އެނގިފައެއް ނެތް.” ” އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!