ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ކ. މާލެ، މ. ވައިޓްފިޝް، އިބްރާހީމް ޝަރީފު (33އ) އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އިބްރާހީމް ޝަރީފު ހޯދަމުންދަނީ، އިބްރާހީމް ޝަރީފާއި އިތުރު މީހަކުވެގެން 2020 ޖުލައި 31 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ނަސަންދުރަ ކުރިމަތީ އޮންނަ ޕާކިންގ ޒޯންގައި ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނެގުމަށްފަހު އެ ސައިކަލުގައި ދުއްވާފައިގޮސް އަމީނީމަގު ކަށިމާހިނގުން ކައިރިން ދިޔަ އަންހެނެއްގެ އަތުން ފޭރިފައިވާ މައްސަލައިގައި ކަމަށެވެ.

އިބްރާހީމް ޝަރީފާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!