މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.