އޭއެފްސީކަޕްގެ ގުރޫޕު އީގެ ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕު އީގެ ހުރިހާ މެޗެއް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕު އީގެ މެޗުތަށް ރާއްޖޭގައި ކުޅެން ބިޑު ކުރިއިރު އެންމެ ފުރަތަމަ ނިންމާފައިއޮތީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި މެޗުތަށް ކުޅުމަށެވެ. މިގޮތަށް ކުރިން ނިންމާފައި އޮތީ ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު ދެ މެޗު އެއްވަގުތެއްގައި ކުޅެން ޖެހޭތީއެވެ. ނަމަވެސް އެފްއޭއެމްއާއި އޭއެފްސީއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ގަލޮޅު ދަނޑުގައި އެކަނި މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމައި މިހާރު ވަނީ ޝެޑިއުލް އާންމުކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މުބާރާތުގެ ކުޅުން މެދުކަނޑާލިއިރު ކުޅެވިފައިއޮތީ އެންމެ ދެމެޗެވެ. އެއީ މާޒިޔާއާއި އިންޑިއާގެ ޗެންނާއީ އެފްސީ ވާދަކުރި މެޗުގެ އިތުރުން ޓީސީ އާއި ބަންގްލަދޭޝްގެ ބަސޮންދުރަ ކިންގްސް ވާދަކުރިމެޗެވެ. އެއަށްފަހު ރާއްޖޭގައި ބާކީހުރި މެޗުތައް ފަށާނީ އޮކްޓޫބަރުމަހުގެ ތޭވީސްވަނަ ދުވަހު ހަވީރު މާޒިޔާއާއި ބަސޮންދުރަ ކިންގްސް ވާދަކުރާމެޗުންނެވެ. ކޮންމެ ތިންދުވަހުން އެއްދުވަހު މެޗުތައް ކުޅޭއިރު ހަވީރާއި ރޭގަނޑު މެޗުތައް ކުރިއަށްގެންދާނެ. ގުރޫޕުގެ ފަހުމެޗު ކުޅޭނީ ނޮވެމްބަރ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!