މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ކުރިމަތިލި އަށް މީހެއްގެ ނަންތައް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަޖިލީހަށް އިއްވެވުމުން މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަނީ އެ ނަންތައް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.
މީރާގެ ބޯޑަށް 4 މެންބަރުން އައްޔަން ކުރަން މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް:
- މުމްތާޒު އަބުދުއް ރަޝީދު މުރިނގު ހދ. ހަނިމާދޫ
- ލީނާ މުހައްމަދު ޒާހިރު ހުސެއިން ހ.ނީލްވިލާ
- ހުޝާމް ވަހީދު ގ.މާލޭހިޔާ
- އަލީ އިރުފާން ޑޭލައިޓް ވިލާ ސ. މަރަދޫ ފޭދޫ
- އިސްމާއިލް ސާޖިދު މއ. ވިލާރޮދި
- އާއިޝަތު އަޝާ އަލީ ހ.އީސްޓްވޯޑް
- ދަހާ ޝުއެއިބު ހ. ކެރީބިއަން
- އިދްރީސް އިސްމާއިލް، އަނީސާމަންޒިލް މ.ދިއްގަރު
މި ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަންކުރަން މަޖިލީހަށް ފެންނަ ބޭފުޅުންނަށް ރުހުން ދިނުން އޮންނާނީ އެ ނަންތައް ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވޯޓަށް އަހައިގެންނެވެ.