އެންއައިސީ އަށް އައްޔަންކުރަން 17 ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެންއައިސީގެ ގެ މެމްބަރު ކަމަށް ނަން ފޮނުއްވާފައި މިވަނީ ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ “ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން” ގެ 3 މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީއެވެ.

ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިޢުލާނުކުރުމުން، އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!