ރަޝިޔާ ވެކްސިންގެ އެއް ބިލިއަން ޑޯޒަށް އޯޑަރުކޮށްފި

ރަޝިއާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރަޝިއާ ސަރުކާރުން ދިނުމާއި އެކު މިހާތަނަށް 20 ގައުމަކުން އެއްބިލިއަން ޑޯސްގެ އޯޑަރު ލިބިފައިވާ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

“ސަޕްޓްނިކް -5” ގެ ނަމުން ނަން ދީފައިވާ ވެކްސިން ހޯދުމަށް މިހާތަނަށް 20 ގައުމަކުން 1 ބިލިއަން ޑޯޒްއަށް އޯޑަރު ދީފައިވާކަމަށް ރަޝިއާގެ އާރްޑީއައިއެފް ސޮވްރިން ވެލްތު ފަންޑުގެ އިސްވެރިޔާ ކިރީލް ޑިމިޓްރިއޭފް ވަނީ ހާމަކުރައްވާފައެވެ.

ރަޝިއާގެ އެންމެ ކުރިއަރާފައިވާ ބޮޔޮމެޑިކަލް ރީސާޗް މަރުކަޒު ކަމަށްވާ “ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަރު” ން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖެހުމުން އިންސާނުގެ ހަށިގަނޑުގައި ވަގުތުން އެންޓި ބޮޑީސް އާއި ޓީސެލްތައް އުފައްދަން ފަށާ ކަމަށާއި ކޮވިޑް-19 އާ އަދި ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު ފުރިހަމައަށް ދިފާއު ކުރެވޭވަރަށް އެންޓި ބޮޑީސް އާއި ޓީސެލްތައް ހަފްތާއެއްގެ ތެރޭގައި އުފައްދާކަން ކްލިނިކަލް ތަޖްރިބާތަކުން ކަށަވަރު ކުރެވިފައިވާކަން އެމަރުކަޒުގެ ސައެންޓިސްޓުން ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

ކޮވިޑް-19އިން ދިފާއު ވުމަށް ބޭނުންކުރާ ވެކްސިނެއް އެންމެ ފުރަތަމަ އުފެއްދާ، އާންމު ކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާކަން އިއުލާން ކުރެއްވީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއެވެ. ޕޫޓިން މިކަން އިއުލާން ކުރައްވާފައި މިވަނީ، ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރަޝިއާއިން ހާމަކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!