އަންނަ އަހަރު ބަޖެޓުގައި ހިމަނާނެ ކަންކަން ފޮނުވަން އަންގައިފި

ސަރުކާރުގެ އޮފީސް ތަކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ، ކަންތައްތައް އޮންލައިން ސިސްޓަމް “އައިލްސް ޑޮޓް ގޮވް އެމްވީ” މެދުވެރިކޮށް ފޮނުވަން އަންގައިފި އެވެ.

އެ މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޖެޓު ސާކިޔުލާގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ލަފާކުރާ މެދު ރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވް ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވަނީ އައިލްސް ޕޯޓަމް މެދުވެރިކޮށް ކަމަށެވެ.

އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކަކީ ބަޖެޓް ސާކިއުލާގައިވާ ފޯމްތަކުގައި އެދިފައިވާ މައުލޫމާތު ތަކަށްވާން ވާނެ ކަމަށާއި ޕޯޓަލް އަށް މައުލޫމާތު އަޅާނެ ގޮތުގެ އިރުޝާދާއި ގައިޑްލައިން ވެސް ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައި ވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަށް ކަންކަން ހުށަހަޅާއިރު، އެ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުވާނެ ގޮތަށް އެކުލަވާލާފައިވާ ކަންތައްތައް ކަމުގައި ވާން ވާނެ އެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ބަޖެޓުގައި ހިމަނަން ބޭނުްނވާ ކަންތައް ޕޯޓަލް މެދުވެރިކޮށް އޮގަސްޓް 31 ގެ ކުރިން ހުށަހެޅުމަށް ސާކިޔުލާގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!