ނައިފަރު ބޯޓަކުން ބިދޭސީއަކު ޕޮޒިޓިވްވެއްޖެ

ޅ. ނައިފަރާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ މިއަދު ސަން އާއި ހަވާލާދީ ވިދާޅުވީ ބޯޓުގައި އުޅޭ ބިދޭސީ މީހާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނިގެން ހޯމް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

“ތިން ދުވަސް ވެއްޖެ ހޯމް ކަރަންޓީނަށް ލީ. ހޯމް ކަރަންޓީނު ކޮށްފައި ނެގި ސާމްޕަލް ޕޮޒިޓިވްވީ،” ވިދާދު ވިދާޅުވި އެވެ.

އެ ބޯޓު މިހާރު އޮތީ މާލޭގައި ކަމަށާއި ބިދޭސީ މީހާ ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!