މުވައްޒަފަކު ޕޮޒިޓިވްވެ، ޔޫތު މިނިސްޓްރީ ބަންދުކޮށްފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ މިނިސްޓްރީ މިއަދު ބަންދުކޮށްފި އެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ މިފަހަރު ޕޮޒިޓިވްވި މުވައްޒަފު ޕޮޒިޓިވްވެފައި ވަނީ ވެލާނާގޭގައި ހުންނަ އެ މިނިސްޓްރީގެ އޮފީހުން ކަމަށެވެ. 

އެގޮތުން އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގިފައި ވަނީ އިއްޔެ ކަމަށާއި އެ މުވައްޒަފާ ކޮންޓެކްޓްވި ހުރިހާ ސްޓާފުންނަށް އައިސޮލޭޓް ވުމަށް އެންގިފައިވާ ކަމަށް އެމިނިސްޓްރީ އިން ބުނެ އެވެ.

ޑިސްއިންފެކްޓް ކުރެވުނުހާ އަވަހަކަށް އެ އޮފީސް ހުޅުވަން ވެސް ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!