ކޮމަންޑޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިންމައިފި

ށ. އަތޮޅު ކޮމަންޑޫގައި ހަދާ ބަނދަރުގެ 73 ޕަސެންޓް މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ ކޮމަންޑޫ ބަނދަރުގެ އެއްގަމުތޮށީގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ އެ ތޮށީގެ ކެޕިން ބީމް މަސައްކަތް ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.

ގާތްގަނޑަކަށް 29.41 މިލިއަން ރުފިޔާ ހަރަދުވާ މި މަސައްކަތުގައި ކޮމަންޑޫގައި 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާ އިރު 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!