ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ.

މިއީ މި ބަލީގައި ނިޔާވި 21 ވަނަ ފަރާތެވެ.

މި ބަލީގައި އިއްޔެ ވެސް 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މިއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!