335 ވިޔަފާރިޔަކަށް ރިކަވަރީ ލޯނު ދޫކޮށްފި

ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތައް މިހާތަނަށް 335 ވިޔަފާރިއަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލް އިން ވަނީ މިހާތަނަށް 486 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އަދި 6.5 މިލިއަން ޑޮލަރު މިހާތަނަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. 

މިހާތަނަށް 552 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ އިރު، އޭގެ ތެރެއިން 368 ފޯމް އެޕްރޫވް ކޮށްފައި ވެއެވެ. އަދި 127 ފޯމު ރަނގަޅަށް ފުރިހަމަ ނުވާކަމަށް ފިނޭންސް އިން ބުނެ އެވެ.

ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 15 ފޯމު ރިޖެކްޓުކޮށްލާފައި ވާއިރު، މިވަގުތު ޕްރޮސެސިން ގައި 42 ފޯމު އެބައޮތް ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!