މަޝްހޫރު މީހުން އެމީހުންގެ ދަރިންނަށް ދޭ އަގުބޮޑު ހަދިޔާތަކުން އަޖައިބުވާނެ!

ދެ އަހަރުގެ ކުޑަކުއްޖަކަށް ހަދިޔާއެއްގެ ގޮތުގައި ޖަވާހިރު އަނގޮއްޓިއެއް ދިނުމަކީ އާއްމު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މަޝްހޫރު، މުއްސަނދިންނަށް މިއީ މާ ބޮޑު ކަމެއް ނޫނެވެ. ތިރީގައި މި ހާމަކުރަނީ، ބައެއް މަޝްހޫރު މީހުން އެމީހުންގެ ދަރިންނަށް ދީފައިވާ ޤަބޫލުކުރަން ދަތި އަގުބޮޑު ހަދިޔާތަކެވެ.

1. ކައިލީ ޖެނާ

މަޝްހޫރު ރިއަލިޓީ ޓީވީ ތަރި އަދި މީސްމީޑިއާ އިންފްލުއެންސާ ކައިލީ ޖެނާ އަކީ އެއް އިރެއްގައި އެންމެ ޒުވާން ބިލިއަނަރުގެ މަގާމުގައި ހުރި މީހެކެވެ. ކައިލީ ވަނީ އޭނާގެ ދެ އަހަރުގެ ދަރިފުޅު ސްޓޯމީ ވެބްސްޓާ އަށް އެއް މިލިއަން ޑޮލަރުގެ ޖަވާހިރު އަނގޮއްޓިއެއް ހަދިޔާކޮށްފައެވެ. ކައިލީ މި އަނގޮއްޓި ސްޓޯމީއަށް ދިނީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައެވެ.

2. ޑޭވިޑް ބެކަމް

ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމާއި އަންހެނުން ވިކްޓޯރިއާ ބެކަމް ވަނީ އެމީހުންގެ އަންހެން ދަރިފުޅު ހާޕާ ބެކަމަށް 2014 ވަނަ އަހަރު އަގުބޮޑު ޕެއިންޓިންގެއް ހަދިޔާކޮށްފައެވެ. މި ޕެއިންޓިންގަކީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް އާޓިސްޓު ކަމަށްވާ ޑެމިއަން ހަރސްޓް، ހާޕާއަށް ޙާއްސަކޮށް ތައްޔާރުކުރި ޕެއިޓިން އެކެވެ. މީގެ އަގަކީ 7 ލައްކަ ޑޮލަރެވެ. ހިތެއްގެ ބައްޓަމަށް ހުރި މި ޕެއިންޓިންގ މިހާރު ހުންނަނީ ހާޕާގެ ކޮޓަރީގައެވެ.

3. ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓު

ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އާއި ފިރިމީހާ، ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު ވަނީ އެމީހުންގެ ދޮށީ ދަރިފުޅު ނޯތު ވެސްޓަށް ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި ވަރަށް ހާއްސަ އެއްޗެއް ދީފައެވެ. އެއީ ކުރީގެ ޕޮޕް ރަސްގެފާނު މައިކަލް ޖެކްސަން އަށް ނިސްބަތްވާ ވަރަށް ރަމްޒީ ޖެކެޓެކެވެ. މި ޖެކެޓުގެ އަގަކީ 65،000 ޑޮލަރެވެ.

4. ބިޔޯންސޭ އާއި ޖޭ-ޒީ

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ބިޔޯންސޭ އާއި ފިރިމީހާ ޖޭ-ޒީ އެމީހުންގެ އަންހެން ދަރިފުޅު ބްލޫ އައިވީ ގެ ފުރަތަމަ އުފަންދުވަހުގެ ހަދިޔާއަކަށް ދިނީ އަސްލު ޖަވާހިރުން ހަދާފައިވާ ބާބީ ބުދެކެވެ. ކަސްޓަމް-މޭޑް ކޮށް ހަދާފައިވާ މި ބާބީ ގެ އަގަކީ 80،000 ޑޮލަރެވެ.

5. އައިޝްވާރިޔާ އާއި އަބީޝެކް ބައްޗަން

ބޮލީވުޑްގެ އެންމެ މަޤުބޫލު އެއް ޖޯޑު ކަމަށްވާ އައިޝްވާރިއާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަން އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ އެއްވަނަ އުފަންދުވަހުގެ ހަދިޔާއަކަށް 32،000 ޑޮލަރުގެ މިނީ ކޫޕާ ކާރެއް ދިން ކަމަށް އޭރު ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ބައްޗަން އާއިލާއަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު، އަރާދްޔާގެ ކާފަ އަމީތާބް ބައްޗަން ވަނީ ފަހުން އިންޓަވިއުއެއްގައި އެކަން ދޮގުކޮށްފައެވެ. އަދި އެއީ އޭނާގެ ކާރެއް ކަމަށް ބުނެފައިވެއެވެ.

6. ޓޮމް ކްރޫޒް

މުޅި ލިސްޓުން ވެސް އެންމެ އަގުބޮޑު ހަދިޔާއަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް އޭނާގެ އަންހެން ދަރިފުޅު ސުރީ ކްރޫޒަށް ދިން ހަދިޔާއެވެ. ޓޮމް އޭނާގެ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާއަކަށް ދީފައިވަނީ ޕްރައިވެޓް ޖެޓެކެވެ. މި ޖެޓުގެ އަގަކީ 7 މިލިއަން ޑޮލަރެވެ.

  1. ބީއެމްޑަބްލިއު މިނީ ކޫޕާރ ވެސް ހުރޭތޯ… އެއީ މުޅީން ތަފާތު ދެ ކުންފުނި… އެނގިގެން ލިޔެބަލަ

    0
    3

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!