ލާލް ސިންގ ޗައްޑާގެ ޝޫޓިގް ތުރުކީގައި

އިންޑިއާގެ ސްޕަސްޓާ އާމިރް ހާން ގެ ލާލް ސިންގ ޗައްޑާ ގެ ބަކީ ޝޫޓިން އޮންނާނީ ޓާކީ ގައި ކަމަށް އިންޑިއާގެ ކަލްޗާ އެންޑް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި 1994ގައި ނެރުނު ޔޫއެސް ކޮމެޑީ ޑްރާމާ ފޮރެސްޓް ގަމްގެ އަސްލަކަށް ބަލައިގެން ހަދާ މި ފިލްމުގެ ބާކީބައި ތުރުކީގައި ޝޫޓް ކުރުމުގެ ސަަބަބަކީ ކޮރޯނާގެ ސަބަބުން އިންޑީއާގައި އެފިލްމުގެ ބާކީ ބައި ޝޫޓް ކުރެވެން ނެތުމެވެ.

އާމިރް ހާން ތުރުކީ އަށް މި ފަހުން ކުރި ދަތުރު ތަކުގައި އެ ގައުމުގެ ފިލްމް އިންޑަސްޓްރީގެ ޓެކްނިކަލް އިންފްރާސްޓްރަކްޗާ، ފެސިލިޓީސް އަދި ވޯކް ފޯސް ކެޕެސިޓީ ފެނިފައި ލާލް ސިންގ ޗައްޑާ ތުރުކީގައި ޝޫޓް ކުރަން ނިންމީއެވެ.

މި މަހު ފަހު ކޮޅު އަމީރް އަދި ކްރޫ އެ ގައުމުގެ މިނިސްޓްރީގެ ސަޕޯޓް އާއި އެކު ފިލްމުގެ ޝޫޓިންގ ފެށުމަށް ތުރުކީއަށް ދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. 40 ދުވަހަށް ދިގުދެމިގެންދާ މި ފިލްމުގެ ޝޫޓިންގ ފަށަނީ އޮކްޓޯބަރު މަހުއެވެ.

މި ފިލްމުގައި އާމިރު ހާން އާއި އެކު ފެނިގެން ދާނީ ކަރީނާ ކަޕޫރެއެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!