ޖެކްލިން އުފަންދުވަސް ފާހަގަކުރީ ފޭނުންނާއެކު!

ބޮލީވުޑް އެކްޓްރެސް ޖެކްލިން ފެނަންޑެޒް އޭނާގެ އުފަންދުވަސް ވަރަށް ތަފާތު ގޮތަކަށް ފާހަގަކޮށްފިއެވެ.

ޖެކްލިން އޭނާގެ އުފަންދުވަސް މިއަދު ފާހަގަކޮށްފައިވަނީ އޭނާގެ ފޭނުންނާއެކު، ވީޑިއޯ ކޯލަކުންނެވެ. މި ވީޑިއޯ ކޯލުގައި ބައިވެރިވި ފޭނުން ވަނީ ޖެކްލިން އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކާޑު ހަދައި، ކޭކު ފަޅައި އަދި ޖެކްލިންގެ ސޫރަ ކުރަހާފައިވާ ޕޯޓްރެއިޓުވެސް ދައްކާލައިފައެވެ. މީގެ އިތުރުން އެއްބައި ފޭނުން ވަނީ ޖެކްލިންއަށް ލަވަ ކިޔައިދީ، ޖެކްލިންގެ ލަވަތަކަށް ނަށާފައެވެ.

ޖެކްލިން ބުނި ގޮތުގައި އޭނާގެ 35 ވަނަ އުފަންދުވަސް މިގޮތަށް ފާހަގަކުރަން ނިންމީ، އާއިލާއާއި ގާތް އެކުވެރިންނާ ދުރުގައި އިންނަން ޖެހުމުން ކަމަށެވެ. އަދި ފޭނުންގެ ފަރާތަކުން ލިބުނު ލޯބިން ވަރަށް އުފާވެފައިވާ ކަން އޭނާ ހާމަކުރިއެވެ.

ޖެކްލިންގެ ކުރިއަށް އޮތް ފިލްމަކީ ޖޯން އަބްރަހަމާއެކު ފެނިގެންދާ “އެޓޭކް” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!