މިހާތަނަށް ނުވަ ރިސޯޓަކުން 10 ކޭހެއް

މިހާތަނަށް ނުވަ ރިސޯޓަކުން ހަ ފަތުރުވެރިންނާއި 10 މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިހާތަނަށް ނުވަ ރިސޯޓަކުން ހަ ފަތުރުވެރިންނާއި 10 މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކަކުން ކަމެއް އެޗްޕީއޭއިން ނުބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެކެވެ. އޭގެ ފަހުން މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއިން ފުރަން ވެގެން ޓެސްޓްކުރި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިވަގުތު މާލެ ސިޓީގެ އިތުރުން 12 ރަށެއްގައިވެސް ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެއީ ހއ. ކެލާ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ކ. މާފުށި، ފުވައްމުލައް ސިޓީ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ބ. ކަމަދޫ، ޅ. ހިންނަވަރު، ވ. ފުލިދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!