އެފްއެސްއެމް އީޒީފިލްގެ ދެތަނަކުން ހަމައެކަނި ކާޑުން ފައިސާ ދެއްކޭގޮތް ހަދަނީ

ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އީޒީ ފިލް ދޭއް އަދި ހަތަރަކުން ހަމައެކަނި ކާޑުން ފައިސާ ދެއްކޭގޮތަށް ހަދަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އެފްއެސްއެމް އިން ބުނީ މިމަހުގެ 17 އިން ފެށިގެން އެކުންފުނީގެ ކާނިވާ ސަރަހައްދުގައި ހުންނަ އީޒީފިލް ދެއަކުންނާއި މާލޭ އިންޑަސްޓްރިއަލް ވިލެޖް ގައި ހުންނަ އީޒީފިލް ހަތަރަކުން ދެވޭ ހިދުމަތްތަކަށް ފައިސާ ބަލައިގަންނަމުން ދާނީ ހަމައެކަނި ކާޑުން ކަމަށާއި އެތަންތަނުން ނަގުދު ފައިސާ ބޭނުން ކުރަމުން ނުދާނެ ކަމަށެވެ.

އެފްއެސްއެމްއިން އިތުރަށް ބުނީ އީޒީ ފިލް ދޭއް އަދި ހަތަރަކުން ކާޑުން ފައިސާ ބަލައިގަންނަ ގޮތަށް ހެދިފައިވީކަމުގައި ވީނަމަވެސް ސްޓެލްކޯ ސަރަހައްދުގައި ހުންނަ އެ ކުންފުނީގެ އީޒީފިލް އެކަކުން ނާއި ހުޅުމާލެގައި ހުންނަ އީޒީފިލް ތިނަކުން ނަގުދު ފައިސާވެސް ބަލައިގަންނަމުން ދާނެކަމަށެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!