ތިން މަސް ދުވަހަށް ފަހު ސަލްމާން އޭނާގެ ފާމްހައުސް އިން ނުކުމެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ހާން ތިން މަސް ދުވަސް ފަހުން އޭނާގެ ފާމްހައުސްގައި އުޅުމަށް ފަހު އެނބުރި މުމްބާއި ސިޓީއަށް އަތުވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިންޑިއާއިން ފެތެރުން ފެށިއިރުވެސް ސަލްމާން ހުރީ އޭނާގެ އާއިލާ މީހުންނާއި ގާތް ރައްޓެހިންނާއި އެކު އޭނާގެ އަމިއްލަ ޕާންވެލް ފާރމް ހައުސްގައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުޑަކޮށް ހަމަޖެހެމުންދާ މިދަނޑިވަޅުގައި ސަލްމާން ވަނީ ރޭގެ ވަގުތެއްގައި އެނބުރި އޭނާގެ މުމްބާއިގައި ހުންނަ ގެއަށް އައިސްފައެވެ.

ސަލްމާން ޚާން ހޯސްޓްކޮށްދޭ ބިގް ބޮސް ގެ 14 ވަނަ ސީޒަން ދައްކަން އިއުލާންކޮށްފައި ވާއިރު އެ ޝޯގެ ޕްރޮމޯ ވެސް މިހާެރުވަނީ ދައްކާލާފައެވެ. އެ ޕްރޮމޯއަށް ސަލްމާން ޝޫޓް ކޮށްފައިވަނީ އޭނާގެ ފާމްހައުސްގައި ހުރެގެންނެވެ.

ސަލްމާން ޚާންގެ މިއަހަރު ރިލީޒްކުރާ ފިލްމް “ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ” ގެ ނުނިމި ހުރި ބައިގެ ޝޫޓިންތައް ވެސް ވަރަށް އަވަހަށް ފެށުމަށް ރާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Salman Khan Returns to Mumbai after Spending the Entire Lockdown at his Farmhouse

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!