ސުޝާންތުގެ ފައި އޮތީ ވަރަށް ބޮޑަށް ބަޅުވެފައި: އެމްބިއުލަންސް އެހީތެރިޔާ

ޖޫން 14 ގައި ދަންޖެހިފައި ހުއްޓައި ފެނުނު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުގެ މަރާއި ގުޅިގެން އެކި އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އެގޮތުން އޭނާގެ ގާތް މީހުން ބުނާގޮތުގައި ސުޝާންތަކީ އަމިއްލައަށް މަރުވާނެ މީހެއް ކަމަކަށް ނުބެލެވޭ ކަމަށާއި، އޭނާ ވަނީ ބަޔަކު މަރާލާފައި ކަމަށް ބުނެއެވެ. ހަމައެހެންމެ މުމްބާއީގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ މި މައްސލާގައި ޝައްކު ކުރެވޭ އެތައް ކަމެއް ހުރުމުން މިހާރު މި މައްސަލަ ސީބީއައި އިން އަންނަނީ ތަހުގީގުކުރަމުންނެވެ.

ސުޝާންތުގެ މަރާއި ގުޅިގެން އެހާދިސާއަށް ދިޔަ އެމްބިއުލަންސްގެ އެހީތެރިޔާ ވަނީ ހައިރާންކުރުވަނިވި ވާހަކަތަކެއް ކިޔާދީފައެވެ. އިންޑިއާގެ ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި އެމްބިއުލަންސް އެހީތެރިޔާ ބުނީ ސުޝާންތުގެ ހަށިގަނޑު ވަރަށް ގާތުން ފެނުނުކަމަށާއި އެމްބިއުލާންސަށް އަރުވަން އުޅުނު ވަގުތު ވެސް ފައިގައި ނިޝާންތަކެއް ހުރި ކަމަށާއި ފައި އޮތީ ވަރަށް ބޮޑަށް ބަޅުވެފައި ކަމަށެވެ. 

އޭނާ ބުނީ ދަން ޖެހިގެން ގެންދާ މީހުންގެ ހަށިގަނޑާއި އޭނާގެ ހަށިގަނޑާއި ވަރަށް ތަފާތު ކަމަށާއި އެގޮތުންސުޝާންތުގެ ހަށިގަނޑު ވަރަށް ބޮޑަށް ރީނދުވެފައި ވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މީގެއިތުރުން އޭނާގެ ކަރުގައި ނިޝާން ހުރި ނަމަވެސް އޭނާގެ އަނގައިންވެސް އެއްވެސް ވަރަކަށް ފޮނު އަރާފައި ނުވާ ކަމަށެވެ.

އޭނާ ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ދަން ޖެހިގެން ގެންދިޔަ އެންމެންގެ ހަށިގަނޑުންވެސް ދަން ޖެހުނު ކަމުގެ ނިޝާންތައް ރަނގަޅަށް ފެންނަން ހުރި ނަމަވެސް ސުޝާންތުގެ ހަށިގަނޑުން އެފަދަ ކަމެއް ފެންނަން ނެތް ކަމަށެވެ.

ސުޝާންތު މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އިރުވެސް ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާގެ ހަށިގަނޑުން ދަން ޖެހުމުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އަދި ގިނަ ބަޔަކު އޭރުވެސް ބުނަމުން ދިޔައީ އޭނާގެ ފައިގައި ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ.

ސުޝާންތުގެ މަރަކީ ބަޔަކު ރާވާގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!