އާސަހަރާގައި ހުރި މަހާނަަ ގާތަށް ނެގުމަށް އަންގައިފި

މައްޗަންގޮޅީ އާސަހަރާގައި ހުރި މަހާނަ ގާތަށް ނެގުމަށް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ހުރި މަހާނަތަކުގެ ތެރެއިން މަހާނާގައި، “މަހާނަގާ” ޖަހާފައިވާ ފަރާތްތަކުން، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ގާތަށް ނެގުމަށްފަހު، އެތަކެތި ގެންދިއުމަށް އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތަށް އެ އިދާރާގެ ފަރާތުން ނަގާ އެތަކެތި ނައްތާލާނެ ކަަމަށެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ބުނީ މަހާނަގާތަށް ނެގުމުގެ މަސައްކަތް ކުރަންވާނީ ކަމާބެހޭ އިދާރާގެ ސްޕަވައިޒަރާ ފޯނުން ގުޅުމަށްފަހު (7994565) ސްޕަވައިޒަރު އަންގާގޮތެއްގެ މަތިންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!