އެސްޓީއޯއިން ހަތް ހޮސްޕިޓަލަކަށް ބޭނުންވާ ސިއްހީ ހިދުމަތް ގާއިމް ކޮށްދީފި

ސްޓޭޓް ޓްރޭޑިން އޮގަަނައިޒޭޝަން (އެސްޓީއޯ) އިން މިހާތަނަށް ހަތް ރަށުގެ ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ހޮސްޕިޓަލްތަކުގައި ގާއިމް ކޮށްދީފި އެވެ.

އެސްޓީއޯއިން ބުނީ ކޮވިޑް-19 ގެ މިހާލަތުގައި ރަށްރަށުގެ ހޮސްޕިޓަލްތަކުން ބޭނުންވާނޭ މުހިންމު ސިއްހީ ސާމާނު ރަށްރަށުގެ ހޮސްޕިޓަލުތަކުގައި އެ ހިދުމަތްތަށް ދެވޭނެ ގޮތްތަށް ފަހި ކޮށްދިނުމަށްޓަކައި ގާއިމް ކޮށްދެވިފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް ޖުމްލަ ހަތް ރަށެއްގެ ހޮސްޕިޓަލުތަކަށް ހިދުމަތްތަށް ދެވޭނެ ގޮތް ފަހި ކޮށްދީފައިވާ ކަމަށެވެ. 

މި ހިދުމަތްތަށް އެސްޓީއޯއިން ގާއިމް ކޮށްދީފައިވާ ރަށްރަށަކީ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި ޏ. ފުވައްމުލަށް އަދި ގއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލްއެވެ.

އަދި މީގެ އިތުރުން ބ. އޭދަފުށި ހޮސްޕިޓަލާއި ށ. ފުނަދޫ ހޮސްޕިޓަލްގެ އިތުރުން ހއ. އިހަވަންދޫ ހެލްތު ސެންޓަރުގައި މި ހިދުމަތްތަށް ލިބޭ ގޮތް އެސްޓީއޯއިން ވަނީ ގާއިމް ކޮށްދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!