މާދަމާގެ ޖަލްސާއަށް މިނިސްޓަރު އަމީންއާ ސުވާލު ކުރެއްވުމަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާ ސުވާލު ކުރެއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ހެލްތް މިނިސްޓަރ އަމީންއާ ސުވާލު ކުރެއްވުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރެވެ.

އަމީންއާ ކުރެއްވުމަށް ރިޔާޒު ހުށަހަޅުއްވާފައިވާ ސުވާލަކީ، ޕީއެސްއައިޕީގައި ހިމެނިފައިވާ ތ. ވޭމަންޑޫގެ އަތޮޅު ހޮސްޕިޓަލްގެ އެކްޓެންޝަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށެވެ.

ނަސީރު ހުށަހަޅުއްވާފައިވާ ސުވާލަކީ، މ. މުލަކު ސިއްހީ މަރުކަޒުގައި މާބަނޑު އަންހެނުންގެ ވިންދު ބެލުމަށް ބޭނުންކުރާ ވަސީލަތް މައްސަލަ ޖެހިފައި ހުންނަތާ އެތަކެއް ދުވަސްތަކެއް ވެފައިވާތީ، މިކަމަށް ހާއްސަ ކުރެވިފައިވާ ވަސީލަތް އެ ހެލްތް ސެންޓަރަށް ލިބޭނެ ތާރީހެއް އޮޅުން ފިލުވުމަށެވެ.

ރިޔާޒާއި ނަސީރުގެ އެ ދެ ސުވާލަށްފަހު، މަޖިލީހުގެ މެމްބަރުންނަށް ކަމާއި ގުޅުންހުރި ސުވާލެއް އޮތްނަމަ ސުވާލު ކުރެއްވުމުގެ ފުރުސަތު މަޖިލީހުގެ ޖަލްސާގައި ދެއްވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!