ކަރަންޓީން ފުރިހަމަކުރި މީހަކު އައްޑޫ ސިޓީން އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ފުރަބަންދުގެ ކަރަންޓީން ފުރިހަމަކުރި މީހަކު އައްޑޫ ސިޓީ ހިތަދޫން އަނެއްކާވެސް ޕޮޒިޓިވެވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑް-19އަށް ޓެސްޓު ކުރި، ޢުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިއާއެކު އައްޑޫ ސިޓީގައި ފުރަބަންދު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުމިވަނީ ހަތަރަކަށް އިތުރުވެފައެވެ. މީގެ ކުރިން ޕޮޒިޓިވްވެފައިވަނީ ފޭދޫގައި ފުރަބަންދު ކަރަންޓީގައި ހުރި ފުލުހަކާއި، ހިތަދޫން ޕޮޒިޓިވްވި ބިދޭސީއަކާއި ދެ ދިވެހިންނެވެ.

އައްޑޫސިޓީން ފެނުނު ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށާފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ޕޮޒިޓިވް ކޭސްތައް ފެނުމާގުޅިގެން އައްޑޫސިޓީ ހިތަދޫގެ ހުރިހައި ސްކޫލެއްގެ ކިޔެވުން 2 ދުވަހަށް މެދު ކަނޑާލަފައިވާއިރު، ހިތަދުއަށް އަރައި ފޭބުން މަނާކޮށް ރަށްވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!