އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޖައިޝް އައްޔަން ކުރައްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯރަޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަގާމަށް މުހައްމަދު ޖައިޝް އިބްރާހީމް އައްޔަން ކުރައްވައިފިއެވެ.

ޖައިޝްއަކީ، ޓޫރިޒަމާއި އަރކިޓެކްޗަރ ދާއިރާގެ އިތުރުން މާލީ ދާއިރާއިން ތަޖުރިބާ ލިބިޑައިގެން ހުންނެވި އަދި މާލީ ބައެއް އިދާރާތަކުގައި ބޯޑު މެމްބަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިހާރުވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ބޯޑު މެމްބަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޖައިޝް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑު މެމްބަރުކަން 5 އަހަރު ވަންދެން ކުރައްވާފައެވެ. އެހެންކަމުން ޖައިޝްއަކީ މާލީ ކަންކަން ހިންގުމުގެ ތަޖުރިބާވެސް ލިބިޑައިގެންފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، ޖައިޝްއަކީ ޓޫރިޒަމް ދާއިރާއިން ބައެއް ރިސޯޓްތަކުގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތަކާއި، އާކިޓެކްޗަރ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޖައިޝްއަކީ، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހައްދަވައި، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ސްޕެޝަލައިޒްވެވަޑައިގެން ހުންނެވި އިލްމީ ބޭފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!