ކޮވިޑް-19 ގައި ރާއްޖެއިން އިތުުރު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 12:12 ހާއިރު ނިޔާވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދެމުުންދަނިކޮށެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 20 ވަނަ ފަރާތެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ 2,307 މީހަކަށެވެ. މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!