ޑޮލަރު ލިބުމުގައި ދަތި އެބަހުރި: އަމީރު

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތާއިއެކު ޑޮލަރުލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާތީ އެކަން ސާފުކުރުމަށް  ކުރިއަށްގެންދާ މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި ރާއްޖެ އަށް ޑޮލަރު ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި ނަމަވެސް އެ ދާއިރާ ބަންދުވެފައި އޮތުމުން ޑޮލަރު ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ.އެހެންނަމަވެސް އެކަންކަން ހައްލުކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ކާމިޔާބީތައް ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އެގޮތުން އަމީރު ވިދާޅުވީ ކޭޝް ފްލޯ މެނޭޖް ކުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ކޭޝް ފްލޯ ކޮމިޓީ ބައްދަލުވެ އެ މަސައްކަތް ރަނގަޅަށް ކުރަމުންދާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ އަހަރަކީ ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެއް ކަމަށާއި ކޭޝް ފްލޯގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

“މެމްބަރުންނަށް ޔަގީންކަން ދެން މުސާރަ ނުދެވުމުގެ ކަމެއް ދިމައެއް ނުވާނެ، ސޯޝަލް ސާވިސްގައި ކުރަމުންދާ މަސައްކަތުގެ ހުއްޓުމެއް ނާންނާނެ. މިހާރު ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް ކުރިއަށްދާނެ. މިހާރުވެސް ބިލްތައް ޕްރޮސެސް ކުރަމުން މިދަނީ” އަމީރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!