ޕްރައިމަރީ ކޮންޓެކްޓަކަށްވެ، ގަވަރުނަރު ކަރަންޓީނަށް

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، ކޯވިޑް-19ގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ އައިސޮލޭޝަނުގައި ހުންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާތީ އެކަން ސާފުކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުނެވެ. މި ބައްދަލުވުމަށް ވަޑައިގަތުމަށް އެމްއެމްއޭގެ ގަވަރުނަރަށް އަންގާފައިވީ ނަމަވެސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ގަވަރުނަރު ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އެމަނިކުފާނު ހުންނެވީ އައިސޮލޭޝަނުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި ކޮމިޓީ ބައްދަލުވުމަށް ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރާއި އަދި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ހާޒިރުވެ ވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!