ފާއިތުވި 3 މަހު 2 ބިލިއަން ރުފިޔާ އާއި ގާތައް ޓީބިލް ވިއްކައިފި

ފާއިތުވި 3 މަހު ދައުލަތުން ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މިދިޔަ މަހުގެ ފަހު ހަފްތާއާ ހަމައަށް 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކައިފައެވެ. ދިވެހި ރުފިޔާ އިން ވިއްކާފައިވާ ޓީބިލް 2.4 ބިލިއަނަށް އަރާއިރު ބާކީ ބަޔަކީ ޑޮލަރުން ވިއްކާފައިވާ ޓީބިލެވެ.

މި އަހަރުގެ މާޗް މަހުގެ ފަހު ހަފްތާއާ ހަމައަށް ވިއްކާފައިވަނީ އެއް ބިލިއަން ޓީބިލެވެ. އަދި އޭގެފަހުން ޖުލައި މަހުގެ ފަހު ހަފްތާ އާއި ހަމައަށް ދައުލަތުން ވަނީ ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!