ހިތަދޫން ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެެކްޓްވި އެންމެންގެ ނަތީޖާ ނެގެޓިވް

އައްޑޫ ސިޓީ ހިތަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް ފާހަގަކުރެވުނު އެންމެންގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

ހިތަދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ މީހަކާއި 58 އަހަރުގެ ދިވެހި އަންހެނެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެނޭޖަރު ޝަރަފުއް ސާދާތު އާއި ހަވާލާދީ “އައްޑޫ ލައިވް” ގައި ބުނީ އެ ދެ މީހުންނާ ކޮންޓެކްޓްވި މީހުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން މި ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. މީގެތެރެއިން ބަންގްލަދޭޝްގެ މީހާއާ ކޮންޓެކްޓްވި މީހުންގެ ގޮތުގައި 24 ފަރާތެއް ފާހަގަކުރެވުނުއިރު، އަންހެން މީހާއާ ކޮންޓެކްޓްވި މީހުންގެ ގޮތުގައި ވަނީ ދެ މީހަކު ފާހަގަވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!