ކުރީގެ ފިނޭންސް މިނިސްޓަރުން ކަމަށް ވާ އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ މައްޗަށް ޖިނާއީ ދައުވާކުރަން އީވާ ގޮވާލައްވައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ރާއްޖެ ޗައިނާގެ އަޅުވެތިކަމުގެ ދަންތުރާގައި ޖައްސާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރުން ކަމަށް ވާ އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ މައްޗަށް ޖިނާއީ ދައުވާކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ

އީވާ އަބުދުﷲ އެ މައްސަލަ ހުށަހެޅުއްވީ، ދައުލަތުގެ ދަރަންޏާ ބެހޭގޮތުން އޮޅުން ފިލުވަން ޖެހޭ ކަންކަން އޮޅުން ފިލުއްވުމަށް، އެ ދެ ވަޒީރުންނާއި މިހާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ހާޒިރު ކޮށްގެން، މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!