ފޮޓޯ: ގޫގުލް

މަދަނީ އިޖުރާއަތުގެ ބިލުގެ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން އެޓާނީ ޖެނެރަލް ކޯޓުތަކާ އެކު ބައްދަލުވުމެއް ބާއްވައިފި

މަދަނީ އިޖުރާއަތުގެ ބިލުގެ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން އެޓާނީ ޖެނެރަލް ކޯޓުތަކާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މަދަނީ އިޖުރާއަތުގެ ބިލުން ގާއިމުކުރާ މަދަނީ އަދުލުގެ ނިޒާމު ބައްޓަން ކުރާނެ ގޮތާއި އެ ބިލުގައި ހިމެނޭ އެނޫންވެސް ހުރިހާ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ރިފްއަތުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ގާޒީން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި، ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!