ރ. މީދޫގައި ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެ

ރ. މީދޫގެ ގެއެއްގައި ކަރަންޓީންގައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.

މަރުވި މީހާގެ އުމުރަކީ 72 އަހަރެވެ. އޭނާ އަކީ ކެންސަރު ބަލީގެ ފަރުވާއަށް ދާދި ފަހުން އިންޑީއާއަށްވެސް ދިޔަ މީހެކެވެ. އޭނާ އެރަށުގައި ކަރަންޓީނުކޮށްފައި ހުރީ މީދޫ ސިއްހީ މަރުކަޒުގަ އެވެ.

އެމީހާ ނިޔާވުމާ ގުޅިގެން ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!