މިނިސްޓަރު އަސްލަމްގެ ޖަވާބުތައް ނަޝީދަށް ކަމަކު ނުދިޔަ

ގުޅިފަޅުން މިހާރު ހިއްކަމުންދާ ބިމުގެ ސަރަހައްދުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގުޅިފަޅު ޕްލޭންގައި ގޯތި ދޫކުރަން ކަނޑައަޅާފައި ވޭތޯ، އޮޅުން ފިލުއްވުމަށް އެކި ގޮތްގޮތަށް ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަދި އޮތީ ގުޅިފަޅުގެ ޑްރާފްޓް ޕްލޭނެއް ކަމަށާއި އެކި މަރުހަލާތަކުން އެ ޕްލޭނަށް ބަދަލު އައުން އެކަށީގެން ވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ގުޅިފަޅުން ދޫކުރުމަށް ކަނޑައަޅާފައިވާ ގޯތީގެ އަދަދު މަދު ނުވާނެ ކަމަށާއި ވަންޏާ ވާނީ ގިނަ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަ އެހާ ހިސާބުން މެދުކަނޑާލެއްވުމަށް ފަހު، މަޖިލީހުގެ ރައީސް ވިދާޅުވީ ޕްލޭނެއް އޮތުމަކީ އެކަން ރައްޔިތުންނަށް އެނގޭނެހެން ގެޒެޓު ކުރެވިފައި އޮތުން ކަމަށެވެ. އެހެންކަމުން ވަޒީރު ޖަވާބު ދެއްވަން ޖެހޭނީ ސާފުކޮށް އޮޅުން ފިލާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

“ގުޅީފަޅުގެ ޕްލޭން ހެދުނުއިރުގައި އެތަނުގައި ގޯތި ދޭގޮތަށް ކަނޑައެޅިފައި އޮތްތޯ ނެތްތޯ، އެ ޕްލޭން ހެދިގެން އަންނައިރުގައި ކިހާ ގޯއްޗެއްތޯ އެތަނުން ދެއްވަން ނިންމަވާފައިވަނީ. އަޅުގަނޑު ހިތުން އެއީ ވަރަށް ސާފުކޮށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އެނގެންޖެހޭ ޖަވާބެއް،” ނަޝީދު ވިދާޅުވި އެވެ.

އަލުން މިނިސްޓަރަށް ފުރުސަތު ދެއްވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅުގައި 1،200 ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް އަސްލަމް މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައެއް ކަމަށެވެ.

އަނެއްކާ ވެސް އަސްލަމްގެ ވާހަކަ ނަޝީދު މެދުކަނޑާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އަކީ ގެޒެޓް ކުރެވި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކުރެވިފައި އޮންނަ ކަރުދާހެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނަން ނެތް ކަމަށެވެ.

މިނިސްޓަރު އަސްލަމްއަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އެއީ ޑްރާފްޓް ޕްލޭންއެއް ކަމަށެވެ. އެއާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މާލެ ރައްޔިތުންގެ ހިޔާލުތައް ހޯދަން ޖެހޭނެ ކަމަށެވެ. އެހެންވިޔަސް 1،200 އަށް ވުރެ މަދު ނުކުރާނެ ކަމަށެވެ. ބަދަލެއް އަޔަސް އެ އަދަދު ވާނީ އިތުރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެވާހަކަ ދައްކަވާ ނިންމާލެއްވުމުން ވެސް ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޕްލޭން އޮތް ވާހަކަ މަޖިލީހުގައި ދެފަހަރު ވިދާޅުވެފައިވާ ކަމަށާއި އެކަމަކު ޕްލޭން މެމްބަރުންނަށް ފެންނަން އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

  1. ހުސް ބޭކާވާހަކަ ނަސީދު ލޯކަލް އިންތިހާބައް
    ރައްޔަތުން ގަބޯ ހައްދަދަނީ މިހާރު ދެން
    ތިކަހަލަ ވާހަކަ އަޑެއް ނާހާނެ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!