ދަނޑުވެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޙާއްސަ ހޮޓްލައިނެއް

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ޙާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޤާއިމްކޮށްފިއެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނީ މިފަދަ ހޮޓްލައިނެއް ޤާއިމްކުރުމުގެ ބޭނުމަކީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށްކަމަށެވެ.

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ޤާއިމްކުރި ހޮޓްލައިން ނަންބަރަކީ 3339237 އެވެ. މި ނަންބަރުން ޙިދުމަތް ލިބޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!