ރަންބީރް އަކީ ރޭޕިސްޓެއް ކަމަށް ކަންގަނާ ތުހުމަތު ކޮށްފި

ރަންބީރް ކަޕޫރް އަކީ ރޭޕިސްޓެއް ކަމަށް، ކޮންމެ ދުވަހަކު ނޫސްތަކުގެ ހެޑްލައިންތަކަށް އަރަމުން އަންނަ، ބޮލީވުޑްގައި މިވަގުތު އެންމެ ނަން ހިނގާ އެކްޓްރެސް ކަންގަނާ ރަނާއުތް ބުނެފިއެވެ.

ކަންގަނާ އަކީ ވަކިން ސޯޝަލް މީޑިއާގެ އެކައުންޓެއް ގެންގުޅޭ ތަރިއެއް ނޫން ނަމަވެސް އޭނާގެ ޓީމްއަކީ ވެރިފައިޑް ސޯޝަލް މީޑިއާ އެކައުންޓް ތަކެކެވެ.

އެގޮތުން މިއަދު އޭނާގެ ޓީމުން ވަނީ ރަންބީރު އަކީ ސްކާޓު ފަހާ ދުވާ މީހެއްކަމަށް ބުނެފައެވެ. އެ ޓްވީޓްގައި ދީޕިކާ ޕަޑުކޯންއަށް ވެސް ބަހުގެ ހަމަލާ ވަނީ އަމާޒުކޮށްފައެވެ.

” ރަންބީރް ކަޕޫރަކީ ސްކާޓް ފަހަތުން ދުވާ މީހެއް، އެކަމަކު އެކަކަށްވެސް ނުކެރޭ އޭނާއާއި ދިމާލަށް ރޭޕިސްޓެކޭ ގޮވަން. ދީޕިކާ އަކީ އަމިއްލައަށް ބަލިވެގެން އުޅޭ މީހެއް، އެކަމަކު އެކަކަށްވެސް ނުކެރޭ އޭނާއާއި ދިމާލަށް މޮޔައެކޭ ގޮވާކަށް. މި ފާޑުފާޑުގެ ނަން ނަން ގޮވަން ކެރެނީ ރަށްފުށު ހިސާބުގެ އާދައިގެ އާއިލާތަކުން އަންނަ ކުޅަދާނަ މީހުންނަށް” ނެޕޮޓިޒަމް ގެ ޕޯސްޓަކަށް ރައްދު ދެމުން ކަންގަނާގެ ޓީމުން ކުރި ޓްވީޓެއްގައި ބުންޏެވެ.

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރަށް ފަހު ބޮލީވުޑްގައި ފެށިގެން އުޅޭ ނެޕޯޓިޒަމް ބަހުސްގައި އެންމެ ނަގާކިޔާ އެކަކީ ކަންގަނާ އެވެ. ކަންގަނާ އަކީ އޭނާ ދެކޭ ގޮތް ފާޅުކުރުމުގައި އެއްގޮތަކަށް ވެސް ފަސް ޖެހޭ މީހެއް ނޫނެވެ.

  1. ކަންގަނާ ބުނަން ރަންގަޅު ވާއްކަ އެއް ތީ އަދި މީހުންނާ ދިމަޔަށް އެއްޗހުސް ކިޔޭ ވަރު އިންސާނެއް ނުއުން އިންގޭ . ޓިއުޅެނީ ފަމޮއުސް ވާން ވެގެން ސުސަންތް ގެ މަރު ގެ ހަބަރު ބޭނުން ކޮށްގެން. ޑިޕިކަ އަކީ ނެޕޮޓިސްމް ގެ ޕްރޮޑުޗޓް އެއް ނުން. އޭނަ ޑޭޑް އަކީ ބަޑްމިންޓިއޮން ކުޅުން ތެރިޔެއް . އަދި ހަމަ ޑެޕްރެސްއިއޮން ގަ އުޅުން މީހެއް

    3
    4

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!