އަމީތާބް ރަންބީރަށް ދިން ގަޑީގެ އަގު އެނގޭތަ؟

ރަންބީރް ކަޕޫރަކީ މިވަގުތު ބޮލީވުޑް އިންޑަސްޓްރީގައި ހުރި އެންމެ ނަން ވިދާ އެއް ތަރިއެވެ. އޭނާ އަކީ ބޮލީވުޑްގެ އެންމެ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރް އާއިލާއަށް ނިސްބަތްވާ ތަރިއެކެވެ.

ފިލްމީ އާއިލާއަކުން އައި ތަރި ރަންބީރު އެ ދާއިރާ ނޫން އެހެން ދާއިރާއަކުން ކުރިޔަށް ދާން ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ އަކީ އެކަމަށް ގާބިލް ކުޅަދާނަ މީހެއްްކަން އޭނާގެ ފިލްމުތަކުން ބެލުންތެރިންނަށްވެސް ވަނީ ދައްކުވައިދީފައެވެ.

ރަންބީރަކީ އަގު ބޮޑު، ބްރޭންޑެޑް އެއްޗެއްސަށްވެސް ނުހަނު ލޯބިކުރާ ތަރިއެކެވެ. ހަމައެހެންމެ އޭނާ އަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ގަޑިތައް ވެސް ގެންގުޅޭ ތަރިއެކެވެ.

ރަންބީރުގެ ގަޑިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަމީތާބް ބައްޗަން އޭނާއަށް ހަދިޔާކުރި 50 ލައްކަ ރުޕީސްގެ ރިޗާޑް މިލީ އާރްއެމް 10 އެކެވެ. މީގެ އިތުރުންވެސް އޭނާަތުގައި 8.16 ލައްކަ ރުޕީސްގެ ހަބްލޮޓް މެކްސިކަން އެއްވެސް ހިމެނެއެވެ.

ރަންބީރު އަތުގައި އޮތް ދެން އެންމެ ފާހަގަ ކޮށްލެވޭ ގަޑިއަކީ ބޮލީވުޑްގެ މުންނާ ބާއީ ނަވަތަ ސަންޖޭ ދަތު އޭނާއަށް ހަދިޔާކުރި 18 ލައްކަ ރުޕީސްގެ ހާލީ ޑޭވިޑްސަން ފެޓްބޯއީ އެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!