އަނެއްކާވެސް ކުޅަދާނަ ނެށުންތެރިޔާ ނޯރާގެ އާ ލަވައެއް

ބޮލީވުޑް ފިލްމެއްގެ ލަވައަކަށް ނަށަން ވެއްޖެ ނަމަ ފިލްމް އުފައްދާ ފަރާތްތަކުން ނޯރާ ފަތޭހީ ނޫން އެހެން ތަރިއެއްގެ މަތިން ހަނދާނެއް ނުހުރެއެވެ. ކެނެޑާއަށް ނިސްބަތްވާ މި ނެށުންތެރިޔާއަށް އޭނާގެ ނެށުމުގެ ހުނަރާއެކު ގިނަ ފިލްމްތަކުން ދަނީ ފުރުސަތު ލިބެމުންނެވެ.

ބޮލީވުޑްގެ އެންމެ ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވިކީ ކޯޝަލް އާއި އެކީ ކުޅުނު ލަވަ “ޕަޗްތާއޯގީ” އިންނެވެ. ނޯރާ ގޮތެއްގައި ބޮލީވުޑްގައި މަޝްހޫރުވެފައި އޮންނަނީ މަޝްހޫރު ނެށުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް މިލަވައިން އޭނާ ފެނިގެން ގޮސްފައިވަނީ މަޑުމަތިރި ކެހިވެރި ލޯބިވެރިއެއްގެ ގޮތުގައެވެ.

އެ ލަވަޔަށް ލިބުނު ތަރުހީބާއިއެކު ލަވައިގެ ޑައިރެކްޓަރ ބުޝަން ކުމާރު މިހާރު ނިންމާފައިވަނީ އެލަވައިގެ އަންހެން ވާޝަންއެއް ނެރުމަށެވެ. އޮރިޖިނަލް ލަވަޔާއި ހިލާފަށް މިލަވައިން އޭނާ ފެނިގެން ދާނީ ހިތްފަޅައިގެން ގޮސްފައިވާ ލޯބިވެރިއެއް ގޮތުގައެވެ. އަދި މިލަވަ ކޮރިއޮގްރާފް ކުރާނީ އިންޓަނެޝަނަލް މިއުޒިކް ވީޑިއޯ ފެންވަރަށް ކަމަށް ބުޝަން ކުމާރު ބުނެއެވެ.

މި ލަވަ ރިލީޒްކުރާ ދުވަހެއް ނުބުނި ނުމަވެސް ބުޝަން ބުނީ ވަރަށް އަވަހަށް މި ލަވަ ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!