އެޗްޕީއޭ އުސޫލުތަކާ ހިލާފު ވެގެން މިހާރު ނުހުޅުވި ހުރީ ޖުމްލަ 7 ތަން

އެޗްޕީއޭ އުސޫލުތަކާ ހިލާފު ވާ ތަންތަން ބަންދު ކުރަމުން އަންނަ އިރު، އެ ތަންތަނުގެ ތެރެއިން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށް އެޗްޕީއޭ އިން ހާމަ ކޮށްފިއެވެ.

އެސްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިނަގަމުންދާ ތަންތަނަށް އެޗްޕީއޭގެ ފަރާތުން ސްޓިކާއެއް ދީފައި ވާނެ ކަމަށާއި އަދި ގައިޑްލައިނަށް ފޮލޯ ނުކުރާ ތަންތަނަށް ބަންދު ނޯޓިސް ދިނުމަށްފަހު އެތަންތަން ބަންދުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ފޮލޯ ކޮށްފައިވާ ގޮތަކީ އެ ތަނެއް ބަންދު ކުރި ދުވަސް ނޫން އަނެއް ދުވަހު އެތަން ހުޅުވުން ކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށާއި އެއީ 2 ފިހާރައާއި 2 ސެލޫނާއި ކާބޯތަކެތީގެ ހިދުމަތް ދޭ 3 ތަނެއް ކަަމަށް ނާސިރު ވިދާޅުވިއެވެ.

ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ ތަންތަން އިންސްޕެކްޓް ކުރުމަށް 2 މީހުން ހިމެނޭ 9 ޓީމަކުން މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން މިމަހުގެ 8 އާ ހަމައަށް ކޮންމެ ޓީމަކުންވެސް ދުވާލަކު ޖުމްލަ 20 ތަން އިންސްޕެކްޓް ކުރަމުން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!