ނަމްރަތާ ފިލްމް ކުޅުން ހުއްޓާލީ މަހޭޝް އަށް ޓަކައި

ސައުތު އިންޑިއާގެ ފިލްމީތަރި މަހޭޝް ބާބޫގެ އަންހެނުން ނަމްރަތާ ޝިރޮދުކަރު ބޮލީވުޑު ދޫކޮއްލީ މަހޭޝްއާއި އެކު ދިރިއުޅުމެއް ފެށުމަށްކަމަށް އޭނާ ބުނެފިއެވެ. 4 އަހަރު ރައްޓެހިވެގެން އުޅުމަށްފަހު މިދެމަފިރިން ވަނީ އުފާވެރި 14 އަހަރު ކައިވެނީގައި ކަޑަތު ކޮއްފައެވެ.

ނަމްރަތާ ބުނާ ގޮތުގައި ފާއިތުވި 14 އަހަރުގެ ތެރޭގައި ބޮލީވުޑު ދޫކޮށް މަހޭޝްއާއި ކައިވެނި ކުރެވުނީތީ ދެރަވެ ރިގްރެޓް ވާންޖެހުނު އެއްވެސް ވަގުތެއް ނާދެއެވެ.

މަހޭޝްއަކީ އަބަދުވެސް ވަޒީފާ އަދާކުރާ ނޫނީ މަސައްކަތްކޮއްގެން ރުފިޔާ ހޯދާ ކުއްޖަކު އޭނާގެ ދިރިއުޅުމަށް ބޭނުންނޫންކަމަށްބުނާ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތަށްތަކުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ މީހެއްކަމަށް ނަމްރިތާ ބުނެފައިވާއިރު އޭނާ ވަނީ މަހޭޝްއާއި ކައިވެނި ކުރެވުނުކަން އެއީ އޭނާގެ ނަސީބުކަމުގައިވެސް ފާހަގަކޮއްފައެވެ.

ނަމްރަތާއަކީ ސަލްމާން ޙާން، އަނިލް ކަޕޫރު އަދި ސަންޖޭ ދަތުފަދަ މަޝްހޫރު އެކްޓަރުންނާއެކު މަސައްކަތްކޮއްފައިވާ މީހެކެވެ.

ރީތިކަމުންނާއި ހުނަރުވެރިކަމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަދު މަސައްކަތްތަކަކުން އާންމުންގެ މަޤުބޫލުކަން ހޯދި ނަމްރަތާ ވަނީ ޖަބް ޕިޔާރު ކިސީސޭ ހޯތާހޭ ، ޕުކާރު އަދި ވާސްތަވް ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!