މަދަނީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކޯޓުތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި

މަދަނީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކޯޓުތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މަދަނީ އިޖުރާއަތުގެ ބިލުން ޤާއިމުކުރާ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަން ކުރެވިގެންދާނެގޮތާއި، ބިލުގައި ހިމެނޭ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމުގައި އެޓަރނީޖެނެރަލްގެ އިތުރުން ބައިވެރިވެވަޑައިގަތީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ޤާޟީންނެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!