އައިޖީއެމްއެޗުގެ ދެ ލެބް ޓެކްނީޝަނުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ ލެބްގެ 2 ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އައިޖީއެމްއެޗްގެ ލެބޯޓްރީ ގައި މަސައްކަތް ކުރާ ދެޓެކްނީޝަނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެހެން ކޭސްތަކެއްކޭ އެއްގޮތައް އައިޖީއެމްއެޗް ލެބޯޓްރީ ކޭސްއާއި ގުޅިގެން ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާނެ ކަމަށެވެ.

ޕޮޒިޓިވްވި ދެ ޓެކްނީޝަނާއެކު މިހާރު ޖުމްލަ އައިޖީއެމްއެޗު ލެބްގެ ތިން ޓެކްނީޝަނުން މިވަނީ ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!