އިތުރު 116 މީހަކު ޕޮޒިޓިވް ވެއްޖެ

24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 116 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 111 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް 5މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި 6 ސްރީލަންކާ މީހުންނާއި އިންޑިއާގެ 5 މީހަކާއި ނެޕާލީސް މީހެކެވެ. ދެން ހިމެނެނީ 77 ދިވެހިންނެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 5157
  • 19 މީހަކު ވަނީ މަރުވެފައި
  • 2835 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 2303
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 145
  • މިހާތަނަށް ނަގާފައިވަނީ 89,555 ސާމްޕަލް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!