ސީއެސްސީއާއި ޓެކްސް ޓްރައިބިއުނަލަށް ހުށައެޅި ނަންތަކަށް ހިޔާލު ހޯދަނީ

ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލީ ފަރާތްތަކާއި ޓެކްސް އެ ޕީލް ޓްރައިބިއުނަލަށް އައްޔަނަކުރަން ރައީސް ފޮނުއްވި ނަންތަކަށް އާއްމުންގެ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. 

އަދި މި މަގާމުތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި މަޖިލީގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެކަން އިއުލާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންނާއި މެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށްޓަކައި ހުޅުވާލާ ކަމަށެވެ. 

އެ އިދާރާއިން ސިވިލް ސާވިސްގެ މާގާމުތަކަށް ކުރިމަތި ލެއްވި ފަރާތްތަކުގެ މައުލޫމާތު ވެސް އާންމުކުރައްވާފައި ވެއެވެ. 

ރައްޔިތުން މަޖިލީހުން ވިދާޅުވީ މި ފަރާތްތަކާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން އެކަން އެ އިދާރާއަށް ހުށައެޅަންޖެހޭނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!