ކުޑަހުވަދޫ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ދ. ކުޑަހުވަދޫން މާލެ އައި ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން އާއި ހަވާލާދީ “ވަން”ގައި ބުނީ ކުޑަހުވަދޫން މާލެ އައި “ބަންކަރު އެކްސްޕްރެސް” ބޯޓުގެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

މިމީހާ ކޮވިޑަށް ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބޯޓްގައި މަސައްކަތްކުރާ އެހެން ފަރާތްތަކުގެ ފަރާތުން ކޮވިޑްގެ އަލާމަތްތަށް އަދި ފެނިފައިނުވާ ކަމަށްވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!