ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ވާޗުއަލް ރިސެޕްޝަނެއް ބާއްވައިފި

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވާޗުއަލް ރިސެޕްޝަނެއް ބާއްވައިފިއެވެ.

މި ރިސެޕްޝަން ފެށުނީ ދިވެހިރާއްޖޭގެ އާއި ޔޫއޭއީގެ ޤައުމީ ލަވައިންނެވެ. މި ރިސެޕްޝަންގައި ދިވެހިރާއްޖޭގެ ފަރަާތުން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް ވާހަކަ ދައްކަވަމުން ވަނީ ކޮވިޑް އިން އަރައިގަތުމަށް ޔޫއޭއީ ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި ރިސެޕްޝަންގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވީޑިއޯ މެސެޖަކާއި ވީޑިއޯ ޕްރެޒެންޓޭޝަން އެއް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ރާއްޖޭގެ ސަގާފީ ލަވަޔަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!