އަލިފާންރޯވީ ފިއުލް ސްޓޯރޭޖް ސަރަހައްދުގައި، އެކަކަށް އަނިޔާވެފައިވޭ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއޭސީއެލްއިން ވިދާޅުބީ މިޙާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 18:15 ހާއިރުގައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެއާޕޯޓުގައި ސީޕްލޭންތައް އޮޕަރޭޓް ކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކަރީގައި ކަމަށާއި، މިހާދިސާގައި އެމްއޭސީއެލްގެ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ރޯވި އަލިފާން މިހާރު ވަނީ ނިވާލެވިފައިކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބު ބަލައި ތަހުޤީޤު ކުރަމުންދާކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!