ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައިފި

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އެއަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.ފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އެގަވައިދުގައި ބުނާގޮތުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށްކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންވާނެއެވެ. އަދި އެކައުންޓުން ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާގޮތެއްގެ މަތިންނެވެ.

ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއްއޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުއެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ޖަމާކުރަންޖެހޭނެ އެވެ.

އޭގެ އިތުރުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން އެކައުންޓަށް، އެ ފަރާތަކުން އެ ފައިސާ ޖަމާކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގަން ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމުން ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ ނަމަ އެ މުދަލެއް ނައްތާލެވޭނެ އެވެ. އޭގެ އިތުރުން އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއް އަދި ކައުންޓަފީޓް މުދަލާއި އެ މުދަލެއް ބެހެއްޓުމުން އާއްމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ އަދި ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ މުދަލެއް ވެސް ނައްތާލެވޭނެ އެވެ.

ދައުލަތަށް ނެގޭ މުދާ ނައްތައިލަންވާނީ ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށްނުވަތަ އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށެވެ.

ދައުލަތަށް ނަގާ މުދާ ވިއްކާލަން ވާނީ އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަކަށް ކަމަށާއި އެ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާ ނަމަ އެކަށީގެންވާ އަގެއްގައި ވީ އެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެ އެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!