އެސްޓީއޯ ފުއްގުދަނަށް ފެނެއް ނުވަދޭ: އަމްރު

ރޭ މާލެއަށް ކުރި ވިއްސާރައިގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފުއްގުދަނަށް ފެން ވަދެފައި ނުވާކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ އެއްވެސް ކާޑުގެ ބާވަތަކަށް ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ދޮގު ހަބަރު ފަތުރާތީ ނަސޭހަތް ދެވިފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޓެގް ކުރައްވައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވެން ޖެހޭނެ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ.

ޗެނަލް 13 ގެ މި ޕްރޮގްރާމް ނިންމާލަމުން ދިވެހި ރައްޔިތުންނަށް ދެއްވާ އުފާވެރި ޚަބަރެއްކަމަށް ވިދާޅުވެ ރޭ ވެހުނު ވިއްސާރައިގައި އެސްޓީއޯގެ ފުއްގުދަނުގައި އެއްކޮށް ފެންބޮޑު ވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ވަނީ އެސްޓީއޯގެ އެމްޑީ އަމްރު އެ ކުންފުނިން ވައްކަން ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!